
އިރުއޮއްސުމުގެ ކުރިން ހުރިހާ ތަނަކަށް ކަރަންޓު ދެވޭނެ: ސްޓެލްކޯ
މުހައްމަދު އާދަމް އަހްމަދު
01 ޖޫން 2025 - 17:57:04
މުޅި މާލެއާއި ހުޅުމާލެއަށް އިރުއޮއްސުމުގެ ކުރިން މުޅި ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މާލެއާއި ހުޅުމާލެ އަދި އެއާޕޯޓް މިއަދު ކަރަންޓު ކެނޑުނީ މެންދުރު 12:30 އެހާކަންހާއިރުއެވެ. މާލެއާއި ހުޅުމާލޭގެ ބޮޑުބަޔަކަށް މިހާރު ވަނީ ކަރަންޓް ދީފައެވެ. އެހެންނަމަވެސް އަދިވެސް އެއްކޮށް ކަރަންޓް ދެވިފައެއް ނުވެއެވެ.
ސްޓެލެކޯއިން ބުނީ ވެރިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައީ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި މާ ބޮޑު މައްސަލައެއް ދިމާވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މުޅި މާލެއާއި އެއާޕޯޓާއި ހުޅުމާލެއިނ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އެއާއެކު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ތަހުގީގެއް ފެށިކަން އިއުލާންކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް