ހަބަރު /

ސްޓެލްކޯ
މުޅި މާލެއަށް ކަރަންޓް ދީފި، ނުލިބޭނެނަމަ 104 ގުޅަން އެދެފި
މުހައްމަދު އާދަމް އަހްމަދު
01 ޖޫން 2025 - 18:20:57
މުޅި މާލެއާއި ހުޅުމާލޭގެ އެންމެ ސަރަހައްދަކަށް ފިޔަވާ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މުޅި މާލެއަށް ކަރަންޓް ލިބިފައި މިވަނީ ކަރަންޓް ދިޔަތާ ފަސް ގަޑިއިރު ފަހުންނެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް ދީފައިވާކަމަށެވެ. އަދި ހުޅުމާލެ 1 ނަމްބަރު ރުއްގަނޑު ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު ފިޔަވާ ހުރިހާ ޓްރާންސްފޯމަރެއް އެނަޖައިސް ކުރެވިފައިވާކަމަށެވެ. އަދި އެ ސަރަހައްދު ފިޔަވާ ދެން ހުރި އެއްވެސް ސަރަހައްދަކަށް ކަރަންޓް ނުލިބޭނަމަ 104 ނަމްބަރާއި ގުޅަން ސްޓެލްކޯއިން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް