ads
އިޒްރާއިލް މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން
އިޒްރާއިލް ޕާސްޕޯޓް މަނާކުރަން މަޖިލީހުން މިއަދު ގޮތެއް ނިންމަނީ
އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމާއި މެދު މިއަދު މަޖިލީހުން ގޮތެއް ނިންމަން ތާވަލުކޮށްްފިއެވެ.
Advertisement

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ. 

މި ބިލާއި މެދު ގޮތެއް ނުންނިމި މަޖލިޙުގެ 241 ކޮމެޓީގައި އޮންނަތާ އަހަރެއްވާން ގާތްވެފައިވަނިކޮށް ކޮމެޓީން އިއްޔެ ވަނީ އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރަން ފެންނަކަމަށް ފާސްކޮށްފައެވެ. 

މި ބިލް ދިރާސާކޮށް ކޮމެޓީން ނިންމި ނިންމުގައިވަނީ ފލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯޓް މަނާކުރާށެވެ. މިގޮތަށް ކޮމެޓީއަށް ހުށައެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.

މި ހުށައެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

އެހެންނަމަވެސް އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭކަމަށް ވަނީ ކަނޑައަޅާފައެވެ. އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ބިލުގައި އޮތް ނަމަވެސް އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް އޮތް އޮތުން އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް