މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައިކަމަށެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެެއެވެ.
ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް ވަކިން ޖާގަ ހަމަޖައްސާފައިވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ އަވަސްކޮށްފައެވެ. ކުރިން 7:30 ގައި ފަށާ ނަމާދު މިހާރު ކުރަނީ 7:00 ގައެވެ.
މިއަހަރުގެ އަޝްހާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ