ads
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް..
އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލު ކޮމިޓީން ފާސްކުރީ މަގްސަދު ގެއްލޭ ގޮތަށް: މީކާއިލް
އިޒްރޭލް ޕާސްޕޯޓު މަނާ ކުރާ ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ، އޭގެ މަގްސަދު ގެއްލޭ ގޮތަށް ކަމަށް، އެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
Advertisement

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ހުށައެޅި އިސްލާހު އިއްޔެ ވަނީ 241 ކޮމެޓީން ފާސްކޮށްފައެވެ. 

މި ބިލާއި މެދު ގޮތެއް ނުންނިމި މަޖިލިޙުގެ 241 ކޮމެޓީގައި އޮންނަތާ އަހަރެއްވާން ގާތްވެފައިވަނިކޮށް ކޮމެޓީން އިއްޔެ ނިންމި ގޮތުގައި ވަނީ  ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯޓް މަނާކުރާށެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭކަމަށް ވަނީ ކަނޑައަޅާފައެވެ. އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ބިލުގައި އޮތް ނަމަވެސް އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. 

ކޮމިޓީން ފާސްކުރި ބިލަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެ ބިލު "308 ދުވަސް ވަންދެން ހިރަފުސް އަރަން" ބޭއްވުމަށް ފަހު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބިލު ފާސްކޮށްފައިވަނީ އެ ބިލު ހުށަހެޅި މަގްސަދާ މުޅިން ހިލާފަށް ކަމަށެވެ. 

މިއީ ސަރުކާރަށް ރައްޔިތުންނާއި އެހެން ފަރާތްތަކުގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވިއެވެ.

" ކޮމިޓީ ރިޕޯޓުން މި ބުނަނީ މަރުހަބާއޭ، މަރުހަބާއޭ އަންނާށޭ. އެކަމަކު އަންނަންވާނީ ތިބޭފުޅުން ގެންގުޅުއްވާ އަނެއް ޕާސްޕޯޓުގައޭ، އޭގައި އެތެރެވިޔަސް އެންމެ ރަނގަޅޭ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މިހާރު ބިލު އެ އޮތީ "ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން" ކަމަށެވެ. އެކަން އޭނާ ސިފަ ކުރެއްވީ "ހީލަތްތެރިކަމާއި ދެ ފުށް ދެ ގޮތް" ކަމުގެ މިސާލެއްގެ ގޮތުގައެވެ.

އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް ކޮމެޓީން ނިންމި ނިންމުމަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް