
ޕީސީބީގެ ރައީސް މުހައްމަދު އަނަސް
ޕީސީބީގެ ރައީސަކަށް އަނަސްއަށް ރުހުން ދީފި
މުހައްމަދު އާދަމް އަހްމަދު
15 އޭޕްރީލް 2025 - 13:02:57
ސަރުކާރު ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު އަނަސްއަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އަނަސް ޕީސީބީގެ ރައީސްކަށް ބަހައްޓަން މަޖިލީހުގެ 82 މެމްބަރުން ވަނީ ވޯޓު ދީފައެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓް ދީފައެއް ނުވެއެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރީ ކުރިން ، އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ކުއްލު ގޮތަކަށް މިދިޔަ މަހުގެ 13ގައި އެ މަގާމުން ވަކިކިރުމަށްފަހުއެވެ.
އަނަސްވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފަ އެވެ.
ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ނައިބުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ވެސް އަނަސް މަސައްކަތް ކުރެއްވީ މި ސަރުކާރުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް