ads
ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން އަންގައިފި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި މައްސަލާގައި، ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް އދ. އިން އަންގައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑްކުރީ މިދިޔަ 26 ފެބްރުއަރީގައެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ތައްޔާރުވަނިކޮށެވެ. 

ފަނޑިޔާރުން ސަސްޕެންޑްކުރި މަެއްސަލަ ބައިނަލްއަގްވާނީ އިދާރާތަކަށް ހުށައެޅުއްވީ ހުސްނުއްސުއޫދާއި އަޒްމިރަލްދާ ޒާހިރުއެވެ. 

މި މައްސަލާގައި ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އަންނަމަހުގެ 2 ވަނދުވަހުގެ ކުރިން ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް އދ އިން ވަނީ އަންގާފައެވެ.

އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ސުއޫދު އެދިވަޑައިގެންފައިވަނީ އދ. އިން ވީހާ ވެސް އަވަސް ފިޔަވަޅެއް އެ ކަމުގައި އަޅައި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ. އަދި ސުއޫދު ވިދާޅުވީ އޭނާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ބަލަން ފެށި މައްސަލަތަކަކީ ދުސްތޫރީ މައްސަލަަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ.  

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް