ads
މުލީގައި ތަރައްގީކޮށްފައިވާ އެއާޕޯޓް
ތަރައްގީގެ މަޝްރޫއުތަކަށް 693 މިލިއަން ރުފިޔާ ހަރަދުކޮށްފި
މި އަހަރު ކެޕިޓަލް ހަރަދުތަކަށް ބަޖެޓުކުރި 12.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައިވަނީ 693 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކައިފިއެވެ.
Advertisement

މި އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ބޮޑު ބައެއް ހަރަދުނުކުރުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓު ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއިން ސާޕްލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުތައް ހުރީ ނުވަ ބިލިއަން ރުފިޔާގައެވެ. އާމްދަނީއަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނީ 56 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީ ވަނީ 581 މިލިއަން ރުފިޔާ މިދިޔަ އަހަރަށް ވުރެ އިތުރުވެފައެވެ.

ހަރަދުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަވީ އަދަދު މިދިޔަ އަހަރަށް ވުރެ 470 މިލިއަން ރުފިޔާ މަދެވެ. ރިކަރަންޓު ހަރަދުތަކުން މި ވަރުގެ އަދަދެއް ސަލާމަތްކުރެވުނީ އިދާރީ ބޭނުންތަކަށް ހޯދާ ސާމާނު ގަތުން މަޑުޖައްސާލާފައި އޮތުމުންނެވެ. އެހެންނަމަވެސް، ބަޖެޓު ސާޕްލަސްވުމުގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދުތައް ކުރަން ބަޖެޓުކޮށްފައި ހުރި ފައިސާ ހޭދަނުކުރުމެވެ. އާސަންދައަށް ކުރި ހަރަދު 179 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ސަބްސިޑީ ހަރަދުން ކުޑަކުރެވުނީ 11 މިލިއަން ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް