
މި މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 27 އިން 30 އަށެވެ. މުޅިން އޮންލައިންކޮށް ބޭއްވޭ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެއެވެ.
މި މުބާރާތުގައި ޖުމްލަ 20,000 ރުފިޔާގެ އިނާމު ޕޫލެއް ކަނޑައަޅާފައިވާއިރު، ޕަބްޖީ އަދި މޮބައިލް ލެޖެންޑްސް އަށް ވަކިން 10,000 ރުފިޔާ ބަހާލެވިފައިވެއެވެ. ކޮންމެ ގޭމެއްގައިވެސް އެއްވަނަ ހޯދާ ޓީމަށް 5,000 ރުފިޔާ، ދެވަނަ ހޯދާ ޓީމަށް 3,000 ރުފިޔާ އަދި ތިންވަނަ ހޯދާ ޓީމަށް 2,000 ރުފިޔާ ލިބޭނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކުގެ މުވައްޒަފުންނަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
އުރީދޫ ނޭޝަންއިން ބުނީ މި މުބާރާތުގެ މައިގަނޑު އަމާޒަކީ ރިސޯޓް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށެވެ. މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއް ކަމަށްވެސް އުރީދޫއިން ފާހަގަކޮށްފައިވެއެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖް ބަލާލުމަށް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ފޮލޯކުރުމަށް އެދިފައިވެއެވެ.