
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބޮޑު ހުކުމެއް އައި މީހަކީ، އަހްމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހެކެވެ.
އަހްމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މި މީހާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އަދި
ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
މީގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާގެ ކުށް ސާބިތުވެ، ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 20 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
އަދި، ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ ސާބިތުގެ 14 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
މި ދެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ދެ މައްސަލައިގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވައި ނުލައެވެ.