ads
ހުޅުމާލޜ ފޭސް ދޭއްގެ މަގުތައް އަނދިރިކޮށް
ހުޅުމާލެ ފޭސް 2 ގެ ކަރަންޓު ވިއުގައިގެ މަރާމާތަށް ބުރާސްފަތި ދުވަހު ކަރަންޓު ކަނޑާލަނީ
ހުޅުމާލެ ފޭސް 2 ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ބުރާސްފަތި ދުވަހު (17 އެޕްރީލް 2025) އެސަރަހައްދުގެ ބައެއް ތަންތަނުން ކަރަންޓު ކަނޑާލުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ.
Advertisement

ސްޓެލްކޯއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މާދަމާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. ނަމަވެސް މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭން ފެށޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތަކީ ކަސްޓަމަރުންނަށް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ، ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް