ads
އެންޑީއޭ
މަސްތުން ސަލާމަތްވެފައިވާ މީހުންނަށް ރީހެބުގައި ތިބޭ މީހުންނަށް އެހީތެރިވުމުގެ ފުރުސަތު
މަސްތުވާތަކެތިން ސަލާމަތްވެފައިވާ މީހުންނަށް ރީހެބުގައި ތިބޭ މީހުންނަށް އެހީތެރިވުމުގެ ފުރުސަތު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހުޅުވާލައިފިއެވެ.
Advertisement


މި ފުރުސަތުގެ ދަށުން ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ފަރުވާ ދެމުންދާ ގައިދީންނަށް މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރެވޭނެ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

އެންޑީއޭއިން ބުނީ މިގޮތަށް 30 މީހުންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ފުރުސަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި، މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން ހިމެނެއެވެ. ހިލޭސާބަހަށް މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ސިޓީއެއް، އެ އެޖެންސީގެ މެއިލްއަށް ހުށައެޅޭނެ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

މި މަސައްކަތްކުރުމަށް ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭހައުސް، ދަގެނާ، ސ.ހުޅުދޫގައި ގާއިމުކޮށްފައި ހުރި ވިލުނު ސެންޓަރުގެ އިތުރުން ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތައް ހިމެނެއެވެ. ސަރުކާރުން ދަނީ މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަހުލާގު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކޮށްފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް