ads
ފަނޑިޔާރު ޖަމީލް އުސްމާން---ފޮޓޯ: ސަން އޮންލައިން
ފަނޑިޔާރު ޝުޖާއުއަށް އިންޒާރު ދިނުން: މަންޒަރު ދުށް މީހެއްގެ ދުލުން!
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފައިވާއިރު އެމަންޒަރު ދުށް މީހެއްގެ ދުލުން އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސީއެންއެމާއި ހިއްސާކޮށްފިއެވެ.
Advertisement
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފައިވާއިރު އެމަންޒަރު ދުށް މީހެއްގެ ދުލުން އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސީއެންއެމާއި ހިއްސާކޮށްފިއެވެ.

މި ހާދިސާ ހިނގި ވަގުތު އިސް ފަނޑިޔާރު ޝުޖާއު އާއި އެއް މޭޒެއްގައި އިންނެވީ އޭނާާގެ އެކުވެރި އެކެވެ. ދެ ބޭފުޅުން ތިއްބެވީ ކެފޭއެއްގައި ކޮފީ ބައްލަވާށެވެ.

އެ ހާދިސާ ސީއެންއެމާއި ހިއްސާ ކުރައްވަމުން ޝުޖާއުގެ އަރިހުގައި އިންނެވި ބޭފުޅާ ވިދާޅުވީ އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ މުރުތަލާ ކިޔާ މީހަކު ޝުޖާއު އުސްމާނާއި ވަރަށް ހަޑިހުތުރު ބަހުން ޒުވާބުކޮށް ހެދި ކަމަށެވެ.

އަދި އެ ޒުވާބުގައި "ގޮނޑިއެއް ނަގއިގެން ޖެހިޖެހީނުން ހުރިތަނަށް ދުއްވާލާނަމޭ" އެނާ ބުނި ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަރަށް ހަޑި ހުތުރު ބަހުން ޝުޖާއު އުސްމާނައި ވާހަކަ ދެއްކި ކަމަށްވެސް ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލީ މުރުތަލާގެ ޒާތީ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޖާއު ފަނޑިޔާރު ކަމުގައި ހުންނަވައިގެން ވަނީ ނިންމާފައެވެ.

ސުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު، ކޯޓް އަމުރެއްގެ ދަށުން، ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ހައިކޯޓުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދީފައިވާތީ އެކަން ހައިކޯޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހައިކޯޓުގެ ބަޔާނުގައިވަނީ މިކަމަކީ ޖިނާއީ ކުށަކަށް ވާތީ މިއަމަލު ހިންގި ފަރާތް ހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

"ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހައިކޯޓުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް