
މިކަމަށް ޝައުގުވެރިވާ ރަށްރަށުން މެއި 1 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ބޮޑު އީދު ފާހަގަކުރާނެ ރަށްތައް ކަނޑައަޅާނީ "ގައުމީ ފެންވަރުގައި ބިޑު އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްތައް [email protected] އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން އިންތިޒާމްކުރެއެވެ. މިއަހަރު ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށް ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.