ads
ޕީއެންސީގެ ހިނގާލުމެއްގެ ތެރެއިން
ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ސަރުކާރުން ކެމްޕެއިން ފަށައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއްބުރުން އިންތިހާބު ނިންމަން ސަރުކާރުން ކެމްޕެއިންނެއް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފަށައިފިއެވެ.
Advertisement

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި މަޖިލިސް އިންތިހާބާއެކު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ މެމްބަރުން ކިބައިން އެދިވަޑއިގެންފައެވެ. 

މިދިޔަ ބުދަ ދުވަހު މުލިއާގޭގައި  ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދަޅުވެފައެވެ. އަދި އާންމުންގެ ފެންނަ ނުފެންނަ ވޯޓަށް، ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ބަދަލުކުރުމަށް މެމްބަރުންގެ އެއްބާރުލުން ދެއްވުމަށާއި މެމްބަރުން އެކަމަށް ތާއިދުކުރުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

 

އެ ބައްދަލުވުމަށްފަހު ސަރުކާރުގެ އިސް ބޭފުޅުންނާއި  ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން  ވަނީ އެކަމަށް ތާއިދުކޮށް ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން ޕްރެފެރެންޝަލް ވޯޓިން ސިސްޓަމެއް ގެންނަން ތާއީދުކޮށް "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. 

މި ކެމްޕެއިންގައި ސަރުކާރަށް ތާއިދުކުރާ މީހުން ދައުރުކުރާ ޕޯސްޓްތަކުގައި އަންނަނީ މެސުޖުތަކެއް ދެމުންނެވެ. އެގޮތުން ދެ ބުރު ރިޔާސީ އިންތިހާބު ބާއްވަން ނުޖެހި ހަރަދުތަކެއް ސަލާމަތް ކުރެވޭނެކަމަށް އަންނަނީ ބުނަމުންނެވެ. އެއާއި އެކު ހަރަދު ކުޑަވުމުގެ އިތުރުން އެގޮތަށް ހެދުމުން އެންމެ އިންސާފުވެރި ގޮތަކަށް ނިންމޭނެކަމަށާއި އެންމެ 'ހިކުމަތްތެރި' އެއް ގޮތަކީވެސް އެއީކަމަށް އަންނަނީ ބުނަމުންނެވެ. 

ފުރަތަމަ ބުރުން އެކަނިވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ 50 އިންސައްތައަށް ވުރެ މަތިން ރުހުން އޮތް ކަން ޔަގީންކުރެވޭނެކަމަށްވެސް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނެއެވެ. 

މީގެއިތުރުން ރައްޔިތުންގެ އަޑު މި ނިޒާމުގައި މާ ގަދަވާނެކަމަށާއި ކޮންމެ މީހަކަށްވެސް ބޭނުންވާ ތަރުތީބަކުން ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް