ads
ސްޓެލްކޯ
މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
Advertisement

ރަންޓު ކެނޑޭނެ ކަމަށް ލަފާކުރަނީ މިއަދުގެ މެންދުރުފަހު 2:00 އާއި 4:00 އާ ދެމެދު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތެއް ކުރާތީ ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ. ކަރަންޓު ކެނޑޭނީ އިއްޒުއްދީން މަގު، ފުލޫނިޔާ މަގު، ފުލޫނިޔާ ގޯޅި، ޝަހީދުއަލީ ހިނގުން އަދި މުނިޔަ މަގު ހިމެނޭ ސަރަހައްދުތަކުން ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިފައިވެއެވެ. ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް