ads
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް އިސްމާއިިލް
އެއްބުރުން އިންތިހާބު ނިންމަން އަންނިއާއި އިބްރާގެ ތާއީދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއްބުރުން އިންތިހާބު ނިންމަން ތާއިދުކުރައްވާކަން ކުރީގެ މުހައްމަދު ނަޝީދުވެސް ހާމަކުރައްވައިފިއެވެ.
Advertisement

މިދިޔަ ބުދަ ދުވަހު މުލިއާގޭގައި މަޖިލިސް މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އާންމުންގެ ފެންނަ ނުފެންނަ ވޯޓާއި ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ބަދަލުކުރުމަށް މެމްބަރުންގެ އެއްބާރުލުން ދެއްވުމަށާއި މެމްބަރުން އެކަމަށް ތާއިދުކުރުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މިއާއި އެކު ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުން ވަނީ ރިޔާސީ އިންތިހާބު އެއްބުރުން ނިންމުމަށް ސޯޝަލް މީޑިއާ ކެމްޕެއިންނެއްވެސް ފަށާފައެވެ. 

މިކަމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއިދުކުރައްވާކަމަށް ހާމަކުރައްވާފައެވެ. އަދި އެ އުސޫލަކީ ރަނގަޅު އުސޫލެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

" ޕްރެފެރެންޝަލް ވޯޓާއި އެކު އެއްބުރުން ވޯޓްލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއްކަމަށް އަޅުގަނޑުވެސް ދެކެން." އެކްސްގައި ނަޝީދުކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލްވެސް ވަނީ ތާއީދުކުރައްވާފައެވެ. 

އިބްރާ ވިދާޅުވީ އެއްބުރުން ވޯޓްލާން ތާއީދުކަމަށެވެ. އެހެންނަމަވެސް ޕްރިފަރެންޝަލް ވޯޓިންގ "އެންމެ ގިނަ ވޯޓް ހޯދާމީހާ ހޮވޭގޮތަކަށް"  ތާއީދުކުރި ނަމަވެސް (%50 އަށްވުރެ ދަށުން) ހޮވެން ތާއީދެއްނޫންކަމަށް އިބްރާ ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ ދައުރުގެ މުއްދަތު ބަދަލު ކުރަން ފެންނަކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ. 

" ރިއާސީ ދައުރު 4 އަހަރަށްކުރުކޮށް، ވިދިވިދިގެން ދެ ދައުރު އެކަކަށްވެސް ނުލިބޭގޮތަށްވެސް ފެނޭ. ހާއްސަ މަޖިލިހުގައި އަހަރެން ވަކާލާތުކުރީ މިގޮތަށް. ފާހެއްނުވި." އިބްރާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުން ރައީސް މުއިއްޒު ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ. 

އޭރު ރައީސް ވިދާޅުވެފައިވަނީ މިއީ އެޓަރނީ ޖެނެރަލާ ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް ކަމަށާއި ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށެވެ. 

ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.

ހަތަރު އިންތިހާބުގައިވެސް ވެރިކަން ލިބުނީ ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް