
މާޒް ސަލީމް މިއަދު ވިދާޅުވެފައިވަނީ، އެ މީހުންގެ ބަރަހަނާ ފޮޓޯ ނަގަން ޖެހޭ ފަދަ ހާލަތެއް އެބައޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ ދައުލަތުން އޭނާގެ އިންސާނީ ކަރާމާތް، ރައްޔިތުންގެ ކުރިމަތީގައި ނިގުޅައިގަތުން ކަމުގައި އޭނާ ސިފަކުރިއެވެ. މާޒް ސަލީމް އިތުރަށް ބުނީ، ޗިޓު ފޮނުވުމަށް ފަހު ރޭގެ ވަގުތެއްގައި ފުލުހުން ގުޅައި، ކެންސަލްކޮށްފައިވާ ކަމަށާއި، ފަހުން އެކަމާ ގުޅިގެން ކަންކުރަންވީ ގޮތެއް އަންގާނެކަމަށް ބުނި ކަމަށެވެ.
މި މައްސަލައިގައި މަންދީ މީޑިއާތަކަށް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިއްޔެ މަންދީ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް، މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމަށް ފަހު، އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.