ads
ސާރާ
އަހަރެން މޮޔައެއް ނުހެއްދޭނެ: ސާރާ
އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާގެ ދަރިފުޅު ސާރާ ޓެންޑުލްކާ އާއި އިންޑިއާގެ ކްރިކެޓް ތަރި ޝުބްމަން ގިލް ދެމެދު އޮތް ކަމަށް ބެލެވޭ ގުޅުން ނިމުމަކަށް އައިސްފައިވާއިރު، ސާރާ މިކަން ޔަގީންކޮށްދެން ވަރުގަދަ މެސެޖެއް ދީފިއެވެ.
Advertisement

މިދެމީހުން އިންސްޓަގްރާމުގައި އެކަކު އަނެކަކު އަންފޮލޯކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު، ސާރާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "ކެންޓް ފޫލް މީ" މިފަދައިން ލިޔެފައިވާކަން ފާހަގަކުރެވެއެވެ. ގިނަ ބަޔަކު މި މެސެޖް މާނަކުރަނީ "އަހަރެން މޮޔައެއް ނުހެއްދޭނެ" މިގޮތަށެވެ.

އުމުރުން 27 އަހަރުގެ، ސާރާ އާއި އުމުރުން 25 އަހަރުގެ ގިލްއާ ދެމެދު ގުޅުމެއް އޮތްކަމަށް ބެލެވެން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އޭރު ސާރާ ވަނީ ކޮލްކަތާ ނައިޓް ރައިޑާސްއަށް ކުޅެމުންދިޔަ ގިލްގެ ޕަފޯމަންސްއަށް ހާއްސަ ތައުރީފުތަކެއް ކޮށްފައެވެ. އޭގެފަހުން މިދެމީހުން ސޯޝަލް މީޑިއާގައި އެކަކު އަނެކަކުގެ ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް، އަދި އެކިއެކި އިވެންޓްތަކުގައި އެކުގައި ފެނިފައިވެއެވެ. ސާރާ ވަނީ ގުޖަރާތް ޓައިޓަންސްއަށް ކުޅެމުންދިޔަ ގިލްއަށް ސަޕޯޓްކުރުމަށް މެޗްތަކަށްވެސް ހާޒިރުވެފައެވެ. ނަމަވެސް މިދެމީހުން އެއްވެސް އިރެއްގައި ރަސްމީކޮށް އެމީހުންގެ ގުޅުން ކަށަވަރުކޮށްފައެއް ނުވެއެވެ.

މިދެމީހުންގެ ގުޅުން ކެނޑިފައިވާކަމަށް ބެލެވޭ މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދެއެވެ. މިގޮތުން 2023 ވަނަ އަހަރު މިދެމީހުން ކުރު މުއްދަތަކަށް ވަކިވެފައިވާކަމަށް ރިޕޯޓުތަކުން ފާހަގަވީ ނަމަވެސް، އޭގެފަހުން އަލުން ގުޅިފައިވާކަމަށް ބެލެވުނެވެ. ނަމަވެސް މިފަހަރު މިދެމީހުން އެކަކު އަނެކަކު އަންފޮލޯކޮށްފައިވުމާއެކު، ގިނަ ފޭންސުން ގަބޫލުކުރަނީ މިފަހަރު ގުޅުން ނިމުމަކަށް އައިސްފައިވާކަމަށެވެ. މިވަގުތު ގިލް އިންޑިއާގެ ކްރިކެޓް ޓީމާއެކު އޭނާގެ ކެރިއަރއަށް ފޯކަސްކުރަމުންދާއިރު، ސާރާ ވަނީ ފަހުން ލަންޑަނުން މާސްޓާސް ޑިގްރީއެއް ފުރިހަމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް