ރައީސް މިފަދައިން ވިދާޅުވީ އޯލެވެލް ފެށުމާ ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވޭ، ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހާސިލްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަހަރު އެސްއެސްސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވަނީ 8364 ދަރިވަރުންނެވެ. އަދި އެގްޒާމްތައް ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މިއަހަރު އޯލެވަލް ޕްރެކްޓިކަލް ބައެއް މާއްދާތައް މިމަހުގެ 11 ވަނަ ދުވަހު ފެށިފައިވާއިރު، އެސްއެސްސީ މާއްދާތަކުގެ އެގްޒާމް ވެސް ފެށިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.