ads
ފަލަސްތީނު މީހާގެ ކަންބަޅިތައް މަރާލާފައި
ފަލަސްތީނު މީހެއްގެ ކަންބަޅިތައް އިޒްރޭލު މީހަކު ކާރުން ޖައްސައި މަރާލައިފި
ގައްޒާގެ ހުޅަނގު އައްސޭރީގެ ހުރި ވަދު ރަހަލް ކިޔާ ރަށުގެ ކައިރީގައި އިޒްރޭލު މީހަކު ކާރު ޖައްސައި ފަލަސްތީނު މީހެއްގެ ކަންބަޅިތަކެއް މަރާލައިފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުކަަށް ފަލަސްތީނު ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ފަލަސްތީނު މީހުން ކަންބަޅި ގެންގުޅޭ ސަރަހައްދަކަށް ގަސްދުގައި ކާރުގައި ވަދެ، ކަންބަޅިތައްގައިގައި ޖެއްސުމުން ގިނަ އަދަދެއްގެ ކަންބަޅި މަރުވެފައިވެއެވެ. 

މި ހާދިސާއަކީ ވެސްޓް ބޭންކުގައި ފަލަސްތީނު މީހުންނަށް އިޒްރޭލު ސެޓްލަރުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ލޯކަލް އެކްޓިވިސްޓުން ބުނެފައިވެއެވެ. 

"މިއީ ވަކި ހާދިސާއެއް ނޫން، ފަލަސްތީނު މީހުން ބިރުގަންނަވައި، އިގްތިސާދީ ގޮތުން ގެއްލުން ދިނުމަށް ކުރާ ކަމެއް" ކަމަށް ފަލަސްތީނު ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއްގެ ސްޕޯކްސްޕާސަނަކު ބުނެފައިވެއެވެ. މީގެ ކުރިން މާޗް 2025 ގައި ޖޯޑަން ވެލީގައި ހުރި ބެޑުއިން ކޮމިއުނިޓީއަކުން އެތައް ސަތޭކަ އަދަދެއްގެ ކަންބަޅި ވަގަށް ނަގާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

އދ ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 2023 އިން ޑިސެމްބަރު 2024 އާ ދެމެދު  1,860 އަށްވުރެ ގިނަ ފަލަސްތީނު މީހުންނަށް ހުޅަނގު އައްސޭރީގައި ހަމަލާ ދީފައިވެއެވެ.. މިއީ ދުވާލަކަށް އެވަރެޖްކޮށް 4 ހަމަލާއެވެ. ގައްޒާގައި ހަނގުރާމަ ފެށުނު ފަހުން މި ހަމަލާތައް އިތުރުވެފައިވާ ކަމަށް ފަލަސްތީނު އޮފިޝަލުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް