ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޝައްމާންގެ އިސްތިއުނާފު، ހައިކޯޓުގައި މިއަދުވަނީ ފަށާފައެވެ. ޝައްމާންއާއެކު ފުލުހުން އަމަލު ކުރަމުން އަންނަނީ ތަފާތުކޮށް ކަމަށް އޭނާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގައެވެ.
ޝައްމާންގެ ވަކީލު ވިދާޅުވީ ޝަމްއާންގެ މައްޗަށް ކުރަނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ކަމަށެވެ. އެކަމަކު މީގެ ކުރިން އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވުނު މީހުން މިހާރުވެސް ތިބީ މިނިވަންކޮށް ކަމަށް ވަކީލު ވިދާޅުވިއެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ. ޝައްމާންގެ ދެ މައްސަލައެއް ހައިކޯޓުގައި އޮތް އިރު، މާދަމާ މެންދުރު ފަހަށްވެސް ޝައްމާންގެ މައްސަލައެއްވަނީ ތާވަލުކޮށްފައެވެ.