
އަހަރުގެ ފުރަތަމަ ތިން މަހު މާލޭ ސަރަހައްދުގައި 1000 ވުރެ އެކްސިޑެންޓް ހިނގާފައިވާކަމަ|ށް ފުކުހުންގެ ހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކަނީ މާލޭ ސަރަހައްދުގައި 1،068 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އޭގެތެރެއިން އެންމެ ގިނައީ ވެރިރަށް މާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކެވެ. މާލޭ ސިޓީގައިވަނީ ޖެނުއަރީ މާރިޗުމަހުގެ ނިޔަލަށް 561 އެކްސިޑެންޓް ހިނގާފައެވެ.
މާލޭ ސަރަހައްދުގައި ހިންގި އެކްސިޑެންޓްތަކުގެ އަދަދު
- މާލޭގައި / 561 އެކްސިޑެންޓު
- ހުޅުމާލެ ފޭސް އެކެއް / އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓެއް ނެތް
- ހުޅުމާލެ ފޭސް ދޭއް / 454 އެކްސިޑެންޓު
- ވިލިމާލެ / 4 އެކްސިޑެންޓު
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު / 49 އެކްސިޑެންޓު
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މާލޭ ސަރައްހަދުގައި ފުރަތަމަ ތިން މަހުގެ ހިނގި އެކްސިޑެންޓްތަކުގައި އެކަކު ވަނީ މަރުވެފައެެވެ.
ވެރިރަށް މާލޭގެ އިތުރުން މިއަހަރުގެ ފުރަތަމަ ތިން މަހު ދެން އެންމެ ގިނަ އެކްސިޑެންޓް ހިގާފައިވަނީ އެންމެ ދެކުނުން އައްޑޫ ސިޓީގައެވެ. އެގޮތުން އައްޑޫ ސިޓީގައި ފުރަތަމަ ތިން މަހު 81 އެކްސިޑެންޓް ހިގާފައެވެ. މި އެކްސިޑެންޓްތަކުގައި މިދިޔަ ފެބްރުއަރީ މަހު ޒުވާނަކު ވަނީ މަރުވެފައެވެ.