މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ބޮޑެތި ތުހުމަތުތައް އަމާޒުކޮށް ވާހަކަތައް ދަނީ ދެކެވެމުންނެވެ. ބައެއް ތުހުމަތުތަކުގައި ބުނެފައިވަނީ އޭނާ ކޮއްޕާލައިގެން ފުރާޅުން ވެއްޓުނު ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުން ވެއްޓުނު އެ ޒުވާން އަންހެން ކުއްޖާގެ ހާލު ދަށްވެ، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަށް ތުހުމަތުކޮށް ޕޯސްޓްކުރެވެމުންދާއިރު، އަދިވެސް ހާދިސާ ހިނގާފައިވާ ގޮތް ސީދާ ސާފުވެފައެއް ނުވެއެވެ.