ads
ސަރުކާރު ކުންފުނިތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރުން
ސަރުކާރު ކުންފުނިތަކުގެ މަޝްރޫއުތަކުގެ މައުލޫމާތު ރައީސްއަށް ހިއްސާކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ރައީސް މުހައްމަދު މުއިއްޒަށް ހިއްސާކޮށްފިއެވެ.
Advertisement

ރައީސް އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ކެބިނެޓް ސެޝަނެއްގައި އެސްއޯއީތަކުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރި ކަމަށެވެ.

މި ބައްދަލުވުމުގައި ކުންފުނިތަކުގެ އެމްޑީން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކާއި ރާއްޖޭގެ ތަރައްގީއަށް އެ މަސައްކަތްތައް އަވަހަށް ނިންމުމުގެ މުހިންމުކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނީއެވެ.

ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި މަގުހެދުން އަދި ފެނާއި ނަރުދަމާ، ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ސްކޫލު އަދި ހޮސްޕިޓަލް އިމާރާތްކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް