
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީ މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބޭނުންވެފައި ހުރި އެތައް ކަމެއް ހައްލުކޮށްދެެއްވަން ވައުދުވެވަޑައިގެންނެވީ އެކަންކަން ކޮށްދެވޭނެތީ ކަމަށެވެ. އެގޮތުން މިއަދު ރައީސް އޮފީހުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބޭއްވި ބައްދަލުވުމުގައި މިހާރު ކުރިޔަށްދާ މަޝްރޫއުތައް އަވަސްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރިކަމަށެވެ. އޭގެތެރޭގައި މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ހިމެނޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން މިއަހަރު ހިންގާ މަޝްރޫއުތައް ގުނާލުމުން މިހާރުވެސް އެ އަދަދު 2000 އިން މައްޗަށް އަރާކަމަށްވެސް ޝިޔާމް ވިދަޅުވިއެވެ.
މިއަދުގެ ކެބިނެޓުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ މެދުގައި ކުރިއަށްދިޔައީ ކުރިއަށްދިޔައީ ވޯކިން ސެޝަނެއް، މިއީ މީގެ ކުރިން ކޮށްފައިވާކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި މި ހިނގާ އަހަރަކީ ތަރައްގީގެ އަހަރު ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރަށް ކުރިއަރައިގެންދާ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.