ads
ސައުދީގެ ޓެކްސްތައް ބޮޑުވިޔަސް ހައްޖުގެ އަގު ކުޑަކުރާނެ: އަލީ ޝަރީފް
ސައުދީގެ ޓެކްސްތައް ބޮޑުވެ އަގުތައް މަތިވިނަމަވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދަން މިހާރު ނަގާ އަގު ކުޑަކުރާނެކަމަށް ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

އަލީ ޝަރީފު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓއްގައި ވިދާޅުވީ ފައިސާ ހަރަދު ނުކޮށް ހައްޖުގެ އަޅުކަން ކުރާނެ ގޮތެއް އެއް އިރެއްގައިވެސް ނޯންނަކަމަށާއި ހައްޖުގެ އަޅުކަމަށް ބޮޑު ހޭދަ އެއް ފެށުނީއްސުރެވެސް ކުރަންޖެހޭކަމަށެވެ. 

އަލީ ޝަރީފް ވިދާޅުވީ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މިހާރު ހައްޖު ކޯޕަރޭޝަނުން އެ ނަގާ ފައިސާއަކީ މީގެ އެތައް އަހަރއް ކުރިން ހަމަޖައްސާފައިވާ އަދަދުތަކެއްކަމަށާއި އެހެންނަމަވެސް އޭރުގެ ސައުދީގެ އަގުތައް މިހާރު އިންތިހާއަށް އުފުލިފައިވާކަންވެސް އަލީ ޝަރީފު ފާހަގަކުރެއްވީއެވެ. 

" ހައްޖުގެ އަޅުކަމަށް އެނަގާ ފައިސާ އަކީ މީގެ 11 އަހަރު ކުރިން ހަމަޖައްސާފައިވާ އަގެއް. މިއަދާ ހަމަޔަށް އާއިރު ސައުދީގައި އެތައް ޓެކުސްތަކަކާއި ތަކެތީގެ އަގުތައްވަނީ ތިން ގުނަ ބޮޑުވެފައި." އަލީ ޝަރީފު ވިދާޅުވިއެވެ.

އަލީ ޝަރީފު ވިދާޅުވީ ސައުދީގެ އަފުތައް ބޮޑުވި ނަމަވެސް ރާއްޖެއިން މީހުން ހައްޖަޑް ގެންދިޔުމަށް ނަގާ އަދަދު ކުޑަކުރަން ރައީސް މުއިއްޒު އަންގަވާފައިވާކަމަށެވެ. އެހެންކަަމުން އެކަން ކުރައްވަމުން އަންނަކަމަށާއި ދެތިން އަހަރެއްގެ ތެރޭއެކަން ވާނެކަމަށް އަލީ ޝަރީފު ވިދާޅުވިއެވެ. 

" މިހާރުގެ އަގަށްވުރެއްވެސް ހައްޖުގެ އަޅުކަމުގެ އަގު ކުޑަކޮއްދެއްވުމައް {ރައީސް މުއިއްޒު } އެދިވަޑާގެންފައިވާތީވެ އެމަސައްކަތް މިހާރުވަނީ ފެށިފައި. މާތްﷲ ގެ ވާގިފުޅާ އެކު ކުރިޔައް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެ ނަތީޖާ ލިބިގެންދާނެ." އަލީ ޝަރީފު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވެއެވެ.

ހައްޖު ކޯޕަފރޭޝަނުން ދިވެހިން ހައްޖަށް ގެންދިނުމަށް މިހާރު ނަގަމުން އަންނަނީ 69،965 ރުފިޔާއެވެ. މި އަގުގައި އެ ހިދުމަތް ދެމުންދާތީ މިދިޔަ 11 އަހަރު ވަންދެން ހައްޖު ކޯޕަރޭޝަން ހިންގާފައިވަނީ އަހަރަކު 30 އިން 40 މިލިއަން ރުފިޔާގެ ގެއްލުމުގައިކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ މީގެކުރިން ބުނެފައެވެ. އެހެންކަމުން ކުންފުންނަށް ފައިދާ ހޯދުމުގެ ގޮތުން ޓްއަރިޒަމްގެ ދާއިރާއަށް ވަދެ ގެސްޓު ހައުސް ހިންގަން ވިސްނާފައިވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް