
ގޫގުލް ހޯމް ޕޭޖުގެ ޑޫޑުލްގައި "ޖީ" އަކުރުގެ ގޮތުގައި ހިމަނާފައިވަނީ ރާއްޖޭގެ ރަށެއްކަމަށްވާ ށ. އެރިޔަދޫގެ އޭރިއަލް ފޮޓޯއެކެވެ.
އެރަށް މަތިން ފެންނައިރު އިންނަނީ "ޖީ" އަކުރެން ހެނެވެ.
ގޫގުލްއިން އެ މީހުންގެ ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް ހިމަނާފައި މިވަނީ "އާތް ޑޭ" އާއި ދިމާކޮށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ ރާއްޖޭގެ މަންޒަތުތައް ސޯޝަލް މީޑިއާގައި ދައުރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
ދާދި ފަހުން ރާއްޖެ ޒިޔާރަތްކުރި ފޭސްބުކާއި އިންސްޓަގްރާމްގައިގައި މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ ރާއްޖެއަށް ކުރި ހަފްތާއެއްގެ ދަތުރަށް ފަހު ރާއްޖޭގެ ރީތިކަމާއި ސަގާފަތާއި އާދަކާދަތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފޮލޯކުރާ 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ދައްކާލާފައެވެ.
ހާލިދުގެ ދަތުރުގެ ބައެއް މަންޒަރުތައް ހިއްސާކޮށްލަމުން އޭނާ ބުނީ ތަޖުރިބާ ކުރީ އާދައިގެ ދިވެހިންގެ ދިރިއުޅުންކަމަށެވެ.