ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓާރު އިހްސާން ވިދާޅުވީ ރާއްޖެ މަސްތުވާތަކެތި ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުރަތަމަ އަމާޒު ހިފާފައިވަނީ އެތަކެތީގެ ވިޔަފާރި ކުރާފަރާތްތައް އަތުލައިގަތުމަށްކަމަށެވެ. އެގޮތުން ފުވައްމުލަކުގައި ޑްރަގު ވިއްކާ ގޭންގުތައް އަތުލައިގެންފައިވާކަން މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިވަގުތުވެސް ރާއްޖޭގެ ދެ ސަރަހައްދެއްގައި ޑްރަގު ވިއްކާ ގޭންގްތަކެއް އަތުލައިގަތުމަށް ފުލުހުން ނުކުމެ އޮޕަރޭޝަންތައް ހިނގަމުން އަންނަކަމަށެވެ.
މިނިސްޓާރު އިހްސާން ވިދާޅުވީ މި ސަރުކާރު ނިމޭނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިކަން ހައްލުކޮށްފައިކަމަށެވެ.