ads
އެސްޓީއޯ ހެންވޭރު ފާމަސީ/ ފޮޓޯ:ސަން
ބޭހެއް ނަގަން ބޭނުންނަމަ އޮންލައިންކޮށް ފޯމު ފުރަން އެދިއްޖެ
މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މިދަނޑިވަޅުވައި އަވަހަށް ބޭނުންވާ ބޭސްތައް ގެޔަށް ގެންގޮސް ދިނުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނައިރު ބޭސް ނެގުމަށް އޮންލައިންކޮށް ފޯމު ފުރުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

މީގެ ކުރިން ޖެހުނީ ބަލި މީހާގެ އައިޑީ ކާޑު ފޮޓޯ އަކާއި ބޭސް ސިޓީގެ ފޮޓޯއެއް އަދި ގުޅޭނެ ނަމްބަރާއި އެޑްރެސް ޖެހުމަށް ފަހު 7922035 އަށް ވައިބާ ކުރާށެވެ. 

އެކަމަކު މިއަދު އެސްޓީއޯ އިން ބުނީ ބޭސް ނެގުމަށް މިހާރު ޖެހޭނީ އޮންލައިންކޮށް ފޯމު ފުރަން ކަމަށެވެ. އަދި ކުރިން ވައިބާ މެދުވެރިކޮށް ބޭހަށް އޯޑަރު ދިން މީހުން އޮންލައިން ފޯމު ފުރަން ނުޖެހޭނެ ކަމަށެވެ. 

ޒަރޫރީ ބޭނުމެއްގައި މިވަގުތު ބޭރަށް ނިކުތުމުގެ ކުރިން ފުލުހުންގެ ހުއްދައަކަށް އެދެން ޖެހޭއިރު އެސްޓީއޯ އިން ވަނީ ފުލުހުން ދޭ އެ ހުއްދަ އޮތް މީހުންނަށް އޯޑަރު ރެޑީ ވުމުން ބަލައި އާދެވޭނެ ކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް