
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން، ޝައްމާންގެ މައްސަލަ ކުރިއަށް ގެންދިޔައިރު، ދެ ދުވަހެއްގެ މަތިން ތިން ގަޑިއިރަށްވުރެ ގިނައިރު، ޝައްމާންގެ ހައްޔަރާ ގުޅިގެން ކޯޓުގައި ބަހުސް ކުރިއެވެ.
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކޮށްފައިވަނީ ޕްރޭމްކޮށްގެން ނޫންކަމަށާއި އެއްޗެސް ޒާތީ މައްސަލައެއް އޭނާއާ ނެތްކަމަށް ހޯމް މިނިސްޓާރު އަލީ އިހްސާން މިއަދުވަނީ ވިދާޅުވެފައެވެ.
ޝަމްއާން ވަހީދު އާއިމެދު ފުލުހުން އަމަލު ކުރަނީ، މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ފަރާތުން ހައިކޯޓުގައިވަނީ ބުނެފައެވެ. ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ. މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު، ބެލެވޭ ގޮތުގައި އަންނަ ހަފްތާ ނިމުމުގެ ކުރިން މި މައްސަލައިގައި ހުކުމް ކުރާނެއެވެ.
ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.