
ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާ ފެންނަ މަންޒަރެއް
ކުއްޖާގެ ހާލު ސީރިއަސް، ބޭނުން ކުރީ ކެނަބިސް އެކަނި ކަމަށް ނުބެލެވޭ: ނަވީން
މުހައްމަދު އާދަމް އަހްމަދު
24 އޭޕްރީލް 2025 - 13:08:12
ހެންވޭރުގެ ގެއެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމުނު ރަޝީދުގެ ހާލު ވަރަށް ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ އަންހެން ކުއްޖާ ފުރަތަމަ ގެންގޮސްލީ ވެންޓިލޭޓަރަށްކަމަށެވެ. އަދި އެ ކުއްޖާގެ ސީޓި ސްކޭނާއި ކަނދުރާއަށް ލިބުނު ޒަހަމްތައް ބެލުމަށްފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ.
" މިހާރު ވެންޓިލޭޓަރު ނަގާފައި އޮތްކަމުގައި ވިޔަސް އައިސީޔޫގައި އޮތީ ވަރަށް ހާލު ދެރަކޮށް އޮތީ. ސުވާލުކޮށް ފިންގާ ޕްރިންޓް ނެގުމަށް އަދި ޑޮކްޓަރުން ހުއްދަ ދީފައެއް ނުވޭ. އެކަމަކުވެސް ޔޫރިން ބްލަޑް ސާމްޕަލް ނެގިފައިވަނީ" ނަވީން ވިދާޅުވިއެވެ.
ނަވީން ވިދަޅުވީ ފުރަތަމަ ލެބް ޓެސްޓުން ވެއްޓުނު ޒުވާނާއާއި އޭނާއާއި އެކު އުޅުނު ޒުވާނާ ކެނަބިސްއަށް ޕޮޒިޓިްވެފައއިވާކަމަށެވެ. އެހެންނަމަވެސް އެކުދިން ބޭނުންކޮށްފައިވަނީ ހަމަެއެކަނި ކެނެބިސްކަމަށް ނުބެލެވޭކަމަށެވެ.
" އަޅުގަނޑު އަމިއްލައަށްވެސް ގަބޫލެއް ނުކުރަން ހަމައެކަނި ކެނެބިސްއަށް ޕޮޒިޓިވް މީހަކަށް ނުވަތަ ކެނެބިސް ނެގި މީހަކު މިހާވަރަށށް މަސްތުވެފައި ހުރެދޭނެކަމަށް. އެހެންވީމަ އިތުރު ޓެސްޓްތައް ހެދުމަށް އެބަ މަސައްކަތް ކުރަން." ނަވީން ވިދާޅުވިއެވެ.
އަންހެން ކުއްޖާ އޭނާ ލައިގެން ހުރި ޓިޝާޓް ބާލާ ފިރިހެން ކުއްޖާ ޓީޝާޓް ލާފައިވުމުން ބިންމަތީގައި އޮތ ް އަންހެން ކުއްޖާގެ ޓީޝާޓްގެ ޑީއެންއޭ ޓެސްޓް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނަވީން ވިދާޅުވިއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް