
އުމުރުން 21 އަހަރުގެ މަރިޔަމް ޔުމްނު ރަޝީދު މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މަތިން ވެއްޓިފައި އޮއްވައި ފެނުމާ ގުޅިގެން އެ ހާދިސާ ހިނގިއިރު އެ ޒުވާނާއާއެކު ތިބި ބަޔަކު ހޯދުމަށް ކޯޓު އަމުރެއް ހޯދައިގެން ގެތަކެއް ބަލަން ފުލުހުން ވަނީ ފަށާފައެވެ.
ރައީސް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކާ މެދު ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މަގާމު، މުއްސަނދިކަން، ރައްމަތްތެރިކަން، އާއިލީ ތިމާގެކަން އަދި ސިޔާސީ ފިކުރަށް ބަލައި ގާނޫނު ތަންފީޒު ކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޓްވީޓް ކުރައްވާފައިވާއިރު، ފުލުހުން މިއަދު ބުނި ގޮތުގައި ހާދިސާ އާ ގުޅިގެން ޖުމްލަ ތިން ގެއެއް ޗެކްކުރުމަށް ކޯޓު އަމުރު ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.
ޔުމްނު ވެއްޓުނު ގެ އަކީ ޓްރާންސްޕޯޓު މިނިސްޓަރު އެއްބަނޑު އެއްބަފާ ބަޔަކަށް ނިސްބަތްވާ ގެއެއްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މިއާއެކު، ޔުމްނު އާ އެކު ހުރި ރައުދު އަހްމަދު ޒިލާލް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަން ފުލުހުން ހާމަކޮށްފަވެ އެވެ. ނަމަވެސް މިވަގުތު ޔުމްނުގެ ހާލަތު ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު، ވެންޓިލޭޓަރުން ނެގުމަށް ފަހުގައި ވެސް އޭނާގެ ހާލަތު ނާޒުކުކަމަށް ޑޮކްޓަރުން ބުނެ އެވެ.