
މިއަދު މި މައްސަލައިގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ޔުމްނާ ކައިރީގައި އެދުވަހު އެންމެ ފުރަތަމަ ހަރާކާތްތެރިވީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ.
"އެއީ ޕެރަމެޑިކްސް" އެއްކަމަށް ވެސް ސުޖާއު ވިދަޅުވިއެވެ.
ޔުމްނު އަށް ވަނީ މި ހާދިސާގައި ވެންޓިލޭޓަރުގައި ފަރުވާ ދީފައެވެ. ނަމަވެސް މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވީނަމަވެސް، އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އެރޭ ޔުމްނު އާއެކު އުޅުނު މީހުން ފުރުން ވަނީ މަނާކޮށްފައެވެ. އަދި އެނާ އެރޭ ވަތް ތިން ގެެއެއް ބަލައި ފާސްކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރަކަށް އެދިފައެވެ.
އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.