ads
ފުލުހުން އާންމުކުރި ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ފެންނަ ވީޑިއޯގެ ސްކީން ޝޮޓެއް:-
ޔުމްނު ވެއްޓުން: ފުލުހުންގެ މައުލޫމާތު ހާމަކުރިގޮތާމެދު އެޗްއާރުސީއެމްގެ ކަންބޮޑުވުން
ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރާއި ސީސީޓީވީ ފޫޓޭޖްތައް ފުލުހުން އާންމުކުރި ގޮތާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ގ.ރަނައުރާގޭ ހައްވާ ޔުމްނު ރަޝީދު މިދިޔަ ހުކުރު ދުވަހުގެ ރޭ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނު އެންމެ ފަހުން ފެނިފައިވާ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު ދެއްކުމުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރުވެސް ހާމަކޮށްފައިވާތީ އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ ވަށާޖެހޭ ފުރިހަމަ އަދި ނަޒާހަތްތެރި ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް" ގޮވާލައި، ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތް އެޗްއާރުސީއެމުން މޮނިޓަރ ކުރަމުންދާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާއިރު، މައްސަލައިގެ ތަހުގީގުގައި އެކަންކަމަށް ރިއާޔަތްކުރާނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ހާމަކުރި ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒްވެގެން ގޮސްފައިވާތީވެސް އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި އަނިޔާވި ފަރާތުގެ އާއިލާއިން މި މައްސަލައިގައި ފުލުހުންގެ އިހުމާލުތައް ކުށްވެރިކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އަނިޔާވި ފަރާތުގެ ޢާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމްކޮށް އެފަރާތުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ނުފެތުރުމަށްވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް