ads
ސީޕީ އަލި ޝުޖާއު
މަސްތުވެގެން ލާހުރުނަސް ހައްޔަރެއް ނުކުރާނެ، ޑްރަގު ފެންނަން ޖެހޭ
މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްގެން އުޅުނަސް ހައްޔަރު ނުކުރާނެކަަމަށް ދޭހަވާ މޭރުމުން ކޮމިޝަނަރު އޮފް ޕޮލިސް އަލި ޝުޖާއު ވާހަކަ ދައްކަވައިފިއެވެ.
Advertisement

ސީޕީ މި ގޮތަށް ވާހަކަ ދައްކާފައިވަނީ އުމުރުން 21 އަހަރުގެ ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގައި ދެން ހިމެނޭ ރައުދު އަހްމަދު ޒިލާލް މަސްތުވާތަކެެއްވަށް ޕޮޒިޓިވްއިރުވެސް އޭނާ ހައްޔަރުކޮށްފައި ނުވުމުން އެކަމާއި ގުޅިގެން ފާޑުކިޔާތީ ރައްދުދެއްވަމުންނެވެ. 

ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު ކެނަބިސްއަށް ޕޮޒިޓިވްވެ އޭނާ ބަދު އަހްލާގީ އަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނި ނަމަވެސް ހާދިސާއަށް ހަފްތާއެއް ވީއިރުވެސް އޭނާ ހައްޔަރެއް ނުކުރެއެވެ. އަދި އޭނާގެ ވަނަވެރެއްވެސް މިއަދާއި ހަމައަށް ފުލުހުން ހާމައެއް ނުކުރެއެވެ. 

މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ސީޕީ އަލި ޝުޖާއު ވިދާޅުވީ މީހަކު މަސްތުވެގެން އުޅުނަސް އެ މީހަކު ހައްޔަރެއް ނުކުރާނެކަމަށެވެ. މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހާ ބަންދުގައި ބަހައްޓަނީ ހަމައެކަނި އޭނާ އަތުން މަސްތުވާތަކެތި ފެނިގެންކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ.

" ތިބޭފުޅުން ތި ދަންނަވަނީ މަސްތުގެ ހާލަތުގައި ހުރެފައި އަޅުގަނޑުމެން ހައްޔަރަށް ގެންގޮސްފައި ކުޑަގޮޅީގައި މީހުން ބައިތިއްބާ ވާހަކަ. އެގޮތަކަށެއް އެކަމެއް ނުކުރާނެ އޭނަ މަސްތުވާތަކެއްޗެއް ނުފެންނަހާ ހިނދަކުއެއް،" ސީޕީ ވިދާޅުވިއެވެ.

your imageރައުދު

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ޔުމްނުއާ އޭނާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓިވިއަސް އެ މީހުން އުޅުނު ގޮތުން ބޭނުންކޮށްފައިވަނީ ހަމައެކަނި ކެނެބިސްކަމަށް ނުބެލެވޭކަމަށެވެ.  

" އަޅުގަނޑު އަމިއްލައަށްވެސް ގަބޫލެއް ނުކުރަން ހަމައެކަނި ކެނެބިސްއަށް ޕޮޒިޓިވް މީހަކަށް ނުވަތަ ކެނެބިސް ނެގި މީހަކު މިހާވަރަށށް މަސްތުވެފައި ހުރެދޭނެކަމަށް. އެހެންވީމަ އިތުރު ޓެސްޓްތައް ހެދުމަށް އެބަ މަސައްކަތް ކުރަން." ނަވީން ވިދާޅުވިއެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއިގޭގެ 9 ވަނަ ފްލޯއިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ. އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ފުލުހުން މިއަދު ވަނީ ބުނެފިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް