
ޔުމްނު ވެއްޓުނު އިމާރާތް
ޔުމްނު ވެއްޓުނު ގެއަށް ނޫސްވެރިން ނުވައްދާނެކަމަށް ވެރިފަރާތުން ބުނެފި
މުހައްމަދު އާދަމް އަހްމަދު
24 އޭޕްރީލް 2025 - 16:56:50
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ގެއަށް ނޫސްވެރިން ނުވައްދާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް އަންގައިފިއެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއިގޭގެ 9 ވަނަ ފްލޯއިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދަން މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
" މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި،" ފުލުހުން ފޮނުވި މެސެޖުގައިވއެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އަދި އޭނާ ވެއްޓުނީ އެ ގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ގެއަށް ނޫސްވެރިން ވެއްދޭތޯ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަތައް ފެތުރެމުން ދާތީ އެކަން ސާބިތުކޮށްދިނުމަށްކަމަށްވެސް ފުލުހުން މިއަދު ބުނިއެވެ.
0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް