ads
ކަސްޓަމުން ސިނގިރޭޓްތައް ނައްތާލަނީ
މިލިއަނަކަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމުން ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ.
Advertisement

ކަސްޓަމުން ބުނީ މިއަދު 1،359،180 ސިނގިރޭޓް ނައްތާލާފައިވާކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައެވެ.

ދާދީ ފަހުން އައްޑޫ ސިޓީއަށް ވަންދަން މަސައްކަތް ކުރި އެއްލައްކަ ސިނިގިރޭޓް ވަގަށް ރާއްޖެ ވައްދަނިކޮށް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރަން އުޅުނު ބަޔަކުވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އެކަމުގައި ބައިވެރިކަމުގެ ތުހުމަތުގައި އެއާޕޯޓްގައި ޑިއުޓީ އަދާކުރާ ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން އެއާޕޯޓްގައި މުވައްޒަފަކުވެސް ވަނީ އަތުލައިގެންފައެވެ. 

އަދި ޑިއުޓީ ފުރީން ވަގަށް ސިނގިރޭޓް ނެރުމުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ބައިވެރިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް