ads
އައްބާސް
ރައްޔިތުން ކޮށްފައި އޮތީ އަމިއްލަ ކައްވަޅު ކޮނުން ފަދަކަމެއް: އައްބާސް
ވެރިކަމަށް އަންނަ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމަކީ ރައްޔިތުން އަމިއްލައަށް ކައްވަޅު ކޮނުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ތިން ބާރު ވަކިވެފައިވާކަމަށް ބަޔާންކޮށްފައިވާއިރު، ކޮންމެ ފަހަރަކު ވެރިކަމަށް އަންނަ ޕާޓީއަކަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދޭން ޖެހެނީ ކީއްވެތޯ އައްބާސް ސުވާލު އުފައްދާފައިވެއެވެ. 

އައްބާސް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބޭ ހިސާބުން ރައްޔިތުންގެ ހައްގުގައި މިނިވަންކަމާއެކު ހައްގު ބަސް ބުނަންކެރޭ އެއްވެސް މުއައްސަސާއެއް ނެތްކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. 

"ރައްޔިތުން ވިސްނާނުލައި، އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނަށް ކުރެވޭ ކަންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިވޭ،" ކަމަށް އައްބާސް ފާހަގަކުރެއްވި އެވެ.

ރައްޔިތުން ވިސްނާނުލައި ކޮންމެ ފަހަރަކު އެކަންކަން ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫ ހާލަތްތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އައްބާސް ފާހަގަކުރައްވައި، ކުރިއަށް ހުރި އިންތިހާބުތަކުގައި އެކަންކަމާމެދު ފުންކޮށް ވިސްނުމަށް ވަނީ އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް