ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުން
ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި: ޑރ. ސަލާހުލްބުދައިރު
މަސްޖިދުލްނަބަވީގެ އިމާމު ފަސީލަތުއްޝައިހް ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ބުރާސްފަތި ދުވަހުގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައި ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލިކަމަށް ވިދާޅުވެއްޖެއެވެ.
Advertisement

މި ދަރުސްގައި އޭނާ ޖުމްލަ 12 މުހިންމު ވަސިއްޔަތެއް ކުރެއްވިއެވެ. އޭގެތެރޭގައި އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި އިސްލާމީ އަޤީދާއާއި ޝަރީއަތާއި އަހުލާޤާއި އަދަބާއި ސުލޫކުގައި ހިފެހެއްޓުން ހިމެނެއެވެ.

ދުނިޔޭގެ އެދުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ސަލާހުލްބުދައިރު ވިދާޅުވީ "ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި. އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން. ހިތްތަކަށް ހަމަޖެހުމާއި އާރޯކަން ލިބޭނީ މާތް ﷲއަށް ތަޤުވާވެރިވެ، ކިޔަމަންތެރިވެގެން. ރިވެތި އަހުލާޤާއި ސުލޫކު ހިފަހައްޓައި، މީހުންނަށް ހެޔޮކޮށް ހިތައިގެން" ކަމަށެވެ.

އިންސާނާ ކަންބޮޑުވާންވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަމާ މެދު ކަންބޮޑުވާނަމަ، އެ މީހެއްގެ ކިބައިން ފުދުންތެރިކަމާއި މުއްސަނދިކަން ނެތިކުރައްވަފާނެކަމަށާއި، އެހެނަސް އާހިރަތާ މެދު ކަންބޮޑުވާނަމަ އެ މީހަކަށް ދުނިޔޭގައި ފުދުންތެރިކަމާއި ތަނަވަސްކަން މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ދަރުސްގައި ޑރ. ސަލާހުލްބުދައިރު ވަސިއްޔަތްކުރެއްވި އެހެނިހެން ކަންތައްތަކުގެ ތެރޭގައި ގަލޯގަދަރަށް އީމާންވުމާއި ނަމާދަށް ރައްކާތެރިވުން ހިމެނެއެވެ. 

ދޭދޭ ފަރުދުންގެ މެދުގައި ސުލްހަވެރިކަން ދެމެހެއްޓުމާއި ހަސަދަވެރިކަމާ ދުރުވުމާއި ދޫ ރައްކާތެރިކުރުމާއެކު ރިވެތި ބަހުން މުހާތަބުކުރުމަށްވެސް އިމާމު ވަސިއްޔަތްކުރެއްވިއެވެ. އަދި ހެޔޮލަފާ މީހުންނާ އެކު އުޅުމަކީ ހެޔޮލަފާކަން ދަސްވެ، ރަނގަޅު އާދަތައް ދަސްވާ ކަމެއްކަމަށްވެސް ޑރ. ސަލާހުލްބުދައިރު ވިދާޅުވިއެވެ. 

މި ދަރުސްގެ ދިވެހި ތަރުޖަމާ އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް