ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ރައުދު ހައްޔަރުކުރި ތުހުމަތުތަކުގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުން
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް ގެ ބައިވެރިވުމެއް ވާ ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.
Advertisement

ފުލުހުން މި ތުހުމަތުކޮށްފައިވާނީ ރައުދު ހައްޔަރުކުރަން ކޯޓް އަމުރު ހޯދުމުގައެވެ. 

ކޯޓް އަމުރަށް ފުލުހުން އެދިފައިވަނީ ތިން ތުހުމަތެއް ރައުދުގެ މައްޗަށް ކުރުމަށްފަހުކަން ވަނީ އެނގިފައެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުން ކަމަށެވެ. 

ކޯޓުން ވަނީ ރައުދު ހައްޔަރުކުރަން ހެނދުނުގެ ވަގުތެއްގައި އަމުރު ނެރެދީފައެވެ. އެހެންނަމަވެސް ފުލުހުން ރައުދު ހައްޔަރުކުރީ މިރޭ އިރު އޮއްސުނު ފަހުންނެވެ. 

ފާޑުކިޔުތައް ބޮޑުވެގެން ރައުދު  ހައްޔަރު  ކުރީ ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ހިންގިތާ 6 ދުވަސް ފަހުންނެވެ. 

މީގެކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއް ބައިވެރިވުން ނުވާކަން ޔަގީން ކުރެވިފައިވާކމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ފެންލައިޓަކުން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް