ads
ފުވައްމުލައް ސިޓީ - ފޮޓޯ: ވިޒިޓް މޯލްޑިވްސް
ފުވައްމުލަކު ޑްރަގް ނެޓްވޯކްގެ އިސްމީހުންގެ އެކައުންޓުން 5 އަހަރުތެރޭ 60 މިލިއަން ރުފިޔާ
ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ ދެ މީހެއްގެ އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 60 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކުށްކުރާ ނެޓްވޯކުތަކުގައި އުޅޭ މީހުންނަށް ލިބޭ ފައިސާއާ ގުޅޭގޮތުން ފުލުހުން ފައިނޭންޝަލް އިންވެސްޓިގޭޝަން ފަށާފައިވާ ކަމަށެވެ.

"ވެށި ރައްކަލު" ގެ ނަމުގައި މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް ހައްޔަރުކޮށްފައިވެއެވެ. ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި 42 މީހެއްގެ ބޭންކް ސްޓޭޓްމަންޓްތައް ބެލުމަށްފަހު ދެ މީހުންގެ އެކައުންޓުން ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 60 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ތަހުގީގަކީ "ވަރަށް ގިނަ ދިރާސާތައް ކުރަންޖެހުނު" މައްސަލައެއް ކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި ފުލުހުންގެ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ނެޓްވޯކުން 112 މީހުން ހޯދާ 121 މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.

މީގެ ތެރެއިން ހައްޔަރުކުރެވުނު ދެމީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާ ކަމަށާއި އެމީހުންގެ އެކި ބާވަތުގެ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން އެދިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ސައިކަލާއި، ފަސް ކާރާއި، ދެ ޕިކަޕް، އެއް ކަނޑު އުޅަނދާއި، ގުރާތަކެއްގެ އިތުރުން 1,194,290.31 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް