
ރޭ ހިންގި އެކްސިޑެންޓްގައި ފުނޑު ފުނޑުވި ކާރު
ބާރު ސްޕީޑުފައި ދިޔަކާރު ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހި ފުނޑުފުނޑު
މުހައްމަދު އާދަމް އަހްމަދު
25 އޭޕްރީލް 2025 - 17:11:28
ރޭ ދަންވަރު އައްޑޫ ސިޓީގައީ ހިންގި އެކްސިޑެންޓެއްގައި ބާރު ސްޕީޑުފައި ދިޔަކާރު ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހި ފުނޑުފުނޑު ވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 03:50 އެހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓްވީ ހިތަދޫ ވެމްކޯ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެ ސައަހައްދުގައި ހުރި ހޮޅި ދަނޑިތަކެއްގައި ޖެހިއެވެ. އެގޮތުން ކާރު މަތަވީ އެތަނުގައި ހުރި ހަތަރު ހޮޅި ދަނޑިއެއްގައި ޖެހުމަށްފަހުކަމަށް ވެއެވެ.
ފުލުހުން ބުނީ އެކްސިޑްންޓްވި ކާރު ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ނޫންކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް