ads
ރައުދު
ރައުދުގެ ބަންދަށް ޖެހީ އެންމެ ފަސް ދުވަސް
ފުރާޅު މައްޗަށް ވެއްޓުނު އަންހެންކުއްޖާ އާއި އެކު ހުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް ކޯޓުން ފަސް ދުވަަސް ޖަހައިފިއެވެ.
Advertisement

ރައުދު ހައްޔަރު ކުރީ ޔުމްނު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ހިންގިތާ 6 ދުވަސް ފަހުންނެވެ. ހައްޔަރު ކުރީ ކޯޓު އަމުރެއް ހޯދައިގެންނެވެ. 

ފުލުހުން ކުރިން ބުނީ މި މައްސަލާގައި ހިމެނޭ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓްވެފައިވާކަމަށެވެ. އަދި އޭނާ އަންހެން ކުއްޖާއާއި އެކު ބަދު އަހްލާގީ އަމަލުތައް ހިންގަމުން ދާތަން ފެނިފައިވާކަމަށެވެ. މީގެއިތުރުން އަންހެން ކުއްޖާ އަށް ވީނުވީއެއް ނޭނގުމުން އެކަން ރިޕޯޓް ނުކޮށް ގޮސްފައިވާކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން  ވިދާޅުވީ މައްސަލައިގައި ރިވިއު ޓީމުން ކުރާ މަސައްކަތަށް ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި  ބުނީ ރައުދު ހައްޔަރުކުރީ ބުރާސްފަތި ދުވަހު އިރުއޮއްސި 6:20 ހާއިރު ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް