
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ޑްރަގު ކެފޭއެއް ހިންގާ މީހަކު ހައްޔަރުކޮށްފި
އަހުމަދު ހަސަން
26 އޭޕްރީލް 2025 - 14:08:53
ފިހާރައަކުން މަސްމިރުސް ޕެކެޓުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ވައްކަމާއި މަސްތުމާތަކެތިގެ ބައެއް މައްސަލަތަކުގެ ރެކޯޑް އޮންނަ، މި މީހާއަކީ ސ. ހިތަދޫ، ހަބަރުމާގެ، އިބްރާހިމް ފައިސަލް އެވެ.
ފައިސަލް ހައްޔަރުކޮށްފައިވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ހަދައި ތަނަކުންނެވެ. އެތަން ލީޑު ކުރާ މީހަކީ ފައިސަލްކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށްވަނީ މުއްދަތު ޖަހާފަ އެވެ.
ރެކޯޑްތައް ދައްކާ ގޮތުން ކުރިން ވައްކަމުގެ މައްސަލައެއްގައި ފައިސަލްގެ މައްޗަށް ހުކުމެއްވެސް އިއްވާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް