ads
ޕްރެޒިޑެންޝަލް ޔޫތް ބޯޑާ ރައީސް ބައްދަލުކުރެއްވުން
ޔުމްނު އަށް އިންސާފު ނެތްކަމަށް ބުނެ ރައީސްގެ ޔޫތު ކައުންސިލުން ތިން މެންބަރުން އިސްތިއުފާ
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުއިއްޒަށް ލަފާ އެރުވުމަށް އުފައްދާފައިވާ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ކައުންސިލް ތިން މެންބަރުން ވަނީ އިސްތިއުފާ ދީފައެވެ.
Advertisement

މި ތިން މެންބަރުން ކައުންސިލުން ވަކިވެފައިވަނީ މިމަހުހެ 18 ވަނަ ދުވަހު ގ. ފެންޓޯނިއާގެއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާ ހައްވާ ޔުމްނު ރަޝީދު އަށް "އިންސާފު" ހޯދުމަށް ޔޫތު ބޯޑުން މަސައްކަތް ނުކުރާކަމަށް ބުނެއެވެ.

ކައުންސިލުން އިސްތިއުފާ ދިން ތިން މެންބަރުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދާއި (ހުވޭ)، ނިމާލް ހަމީދާއި އަދި އާމިނަތު ރަބާބެވެ. 

މި ތިން މެންބަރުން ވެސް ސޯޝަލް މީޑިއާގައި ވަނީ އިސްތިއުފާގެ ސަބަބު ބަޔާންކޮށްފައެވެ. ހާއްސަކޮށް ހުވައިނާ ވަނީ ޒުވާނުންނަށް އިންސާފާއި ހާމަކަން ބޭނުންވާކަމަށާއި ޒުވާނުންނާއި އެއްކޮށް ތިމަންނާ ހުންނާނެކަމަށް ބުނެފައެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ކައުންސިލްގައި ޖުމްލަ 15 މެންބަރުން ހިމެނެއެވެ. 

ރައީސް އައްޔަނުކުރި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި، އަދި ޔުނިވާސިޓީ ސްޓޫޑެންޓް ޔޫނިއަންތަކުގެ ތިން ރައީސުން މި ބޯޑުގައި ހިމެނެއެވެ. 

ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓަޖީގެ މަގާމުން ދާއޫދު ވަކިކުރުމުގެ ބަދަލުގައި ސަސްޕެންޑްކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެއީ ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު ކުރެވިފައިވާތީކަމަށް ވެސް ބުނެވެއެވެ.

ޔުމްނު ވެއްޓުން:

ޔުމްނު ވެއްޓުނުތާ ހަފްތާއެއްވެފައި ވަނިކޮށް އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޔުމްނުއާ ބެހޭގޮތުން "ފާޅުގައި ދޮގުހަދައި އޮޅުވާލަމުން" އަންނަކަމަށްވެސް އޭނާގެ އާއިލާއިން ތުހުމަތުކުރެއްވިއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް ކޯޓަށް ގެންގޮސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. 

ފުލުހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އޭގެތެރޭގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުން ވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް