ads
ރައީސްގެ އަނބިކަނބަލުން "ފަހި ސިއްހަތު" ހެލްތް ކެއާ ފެއާ ހުޅުވައިދެއްވަނީ
ރައީސްގެ އަނބިކަނބަލުން "ފަހި ސިއްހަތު" ހެލްތް ކެއާ ފެއާ ހުޅުވައިދެއްވައިފި
ރާއްޖޭގައި ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ބާއްވާ "ފަހި ސިއްހަތު" ހެލްތް ކެއާ ފެއާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
Advertisement

މިރޭ 10:00 އާ ހަމައަށް ކުރިއަށްދާ މި ފެއާރއަކީ ގައުމީ ޔުނިވަސިޓީއާއި ޑަބްލިއުއެޗްއޯ އަދި ޔުނިސެފް ގުޅިގެން ބާއްވާ ފެއާއެކެވެ.

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފެއާއަކީ މުޖުތަމައުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށާއި ސިއްހީ އެކި ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މުހިންމު ހަރަކާތެއް ކަމަށެވެ. 

މިއަހަރުގެ ޝިއާރު ކަމަށްވާ "ދުޅަހެޔޮ ފެށުމެއް: އުންމީދީ މުސްތަގުބަލެއް" އަކީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް އެންމެ މުހިންމީ ޅަފަތުގައި ދުޅަހެޔޮވުންކަން ދޭހަކޮށްދޭ ޝިއާރެއްކަމަށް ޝެހެނާޒް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތާ އެއްގޮތަށް ގައުމީ ޔުނިވަސިޓީން މި ހަރަކާތް ފެށީކަން ޝެހެނާޒް ފާހަގަކުރެއްވިއެވެ.

ޑަބްލިއުއެޗްއޯގެ ޑރ. ޕަޑްމަލް ޑި ސިލްވާ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. 

އޭގެތެރޭގައި 1965 ވަނަ އަހަރު ރާއްޖޭގެ އެވަރެޖް އުމުރަކީ 42 އަހަރު ކަމަށްވީއިރު މިހާރު އެ އަދަދު 80 އަށް އަރާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް އީސީ ފައިންގޯލްޑް ވިދާޅުވި ގޮތުގައި ބަލި ޖެހުމުގެ ކުރިން އޭގެން ރައްކާތެރިވުމަށް އަހުލުވެރިވުމާއި އިންވެސްޓްކުރުން މުހިންމެވެ. މި ފެއާގައި 15 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވާއިރު ހިލޭސާބަހަށް ހެލްތު ސްކްރީނިންތައް ކުރެވޭނެކަން ގައުމީ ޔުނިވަސިޓީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް