ads
ޓޫރިސްޓުން: ފޮޓޯ ޓްރެވެލް ޓްރޭޑް މޯލްޑިވްސް
ރާއްޖެއަށް ޒިޔާރަށްކުރި ޓޫރިސްޓުގެ އަދަދު އަށް ލައްކައާ ގާތް ކޮށްފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އަށް ލައްކައާ ގާތްކޮށްފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 788،650 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ހިނގާ އޭޕްރިލް މަހު އެކަނިވެސް ރާއްޖެއަށް 127،239 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 85،469 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން 84،723 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިޓަލީއިން 72،000 ޓޫރިސްޓުން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތުން 61،478 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ރިސޯޓުތަކުގައި 69 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ގެސްޓް ހައުސްތަކުގައި 23 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 3 ޕަސަންޓު އަދި ސަފާރީތަކުގައި 5 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް