ads
ޔުމްނު ވެއްޓުނެރޭ އެގޭ ބޭރު ފެންނަ ސީސީޓީވީގެ ސްކްރީން ޝޮޓެއް
ޔުމްނު ވެއްޓުނު ފަހުން އެގެއިން ނުކުތީ އެންމެ މީހެއް: ފުލުހުން
މީގެ ހަފްތާއެއް ކުރިން ބުރުޒުމަގުގައި ހުންނަ، ގ. ފެންޓޯނިއޯގެއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ އެގެއިން މީހަކު ނުކުމެން ދިޔަކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މި މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް ސީޕީ އަލީ ސުޖާއު ވިދާޅުވީ އެ ހާދިސާ ހިނގިފަހުން ވެސް މީހަކު ނުކުތްތޯ ބަލާފައިވާކަމަށެވެ. 

"ފަތިސް ނަމާދު ވަގުތުގަ ފަތިހަށް ނަމާދަށް ދިޔަ ބޭފުޅަކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެނޫން މިހަކު އެގެއިން ނުކުމެގެން ދާތަނެއް ފެނިފައެއް ނެތް،" ކަމަށް ސުޖާއު ވިދާޅުވިއެވެ.

ސިޖާއު ވިދާޅުވީ އެ މީހާ ނަމާދަށް ދިޔަކަން ފާހަގަވި ނަމަވެސް، ޔުމްނު ވެއްޓުމުގައި އިތުރު މީހަކު ބައިވެރިވާކަން އެނގިފައިނނުވާކަމަށެވެ. 

"އަޅުގަނޑުމެންގެ މި ފެންނަ ފެންނުމުން އަޅުގނަޑުމެންނަށް އިތުރު މީހަކުނެތްކަން ތަހުގީގަށް އެނގިގެންދޭ. އެގެއިން ކޮންމެ ގޮތއްވިއަސް މީހަކު ފައިބާ ކަމަށް ވެއްޖިއްޔާމު އެގެއިން އޭނާ ނުކުންނަން ވެސް ނުކުންނާނެ. އަޅުގަނޑުމެން ފުޓޭޖުންނާ ގޮތްގޮތުން ބެލިއިރު އަދި އެކަހަލަކަމެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނެތް.،" ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.

ސީޕީ ސުޖާއު ވިދާޅުވީ ކަމެއް ފޮރުވަން އުޅުނަސް އެކަމެއް ދެނެގަތުމުގެ ގާބިލުކަން ފޮރެންސިކް ޓީމުގައި ހުންނާނެކަމަށެވެ. 

ޔުމްނު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް އާއިލާއިން ބުނެއެވެ. 

ޔުމްނުގެ އާއިލާއިން ބުނީ  އިތުރު ފަރުވާއަށް އޭނާ މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ޔުމްނު ބޭރަށް ގެންދިޔުމަށް އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް މިހަރު ހަމަޖެހިފައިވާކަމަށެވެ. 

ސަރުކާރުން ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށާއި، މާދަމާ ވެސް ފްލައިޓެއް ލިބިއްޖެ ނަމަ ފުރަން ޖެހިދާނެކަމަށް ޔުމްނުގެ އާއިލާއިން  ވަނީ ބުނެފައެވެ. 

އިތުރު ފަރުވާއަށް ޔުމްނު ރާއްޖެއިން ބޭރަށް ގެންދަން ނިންމިކަން އާއިލާއިން ހާމާކުރި ނަމަވެސް ޔުމްނުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އައިލާއިން ތަފްސީލެއް ނުދެއެވެ. 

ޔުމްނު ވެއްޓުނު މައްސަލާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލްގެ ރޭ ވަނީ ހައްޔަރުކޮށްފައެވެ. ހަ ދުވަސް ފަހުން އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާދީފައެވެ. 

ރައުދު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަށް އެދުނުއިރު ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ޔުމްނު ވެއްޓުމުގައި ބައިވެރިވުންވެސް ހިމެނެއެވެ.
11%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް