ads
މިދިޔަ ހުކުރު ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ހިމެނޭ ވީޑިއޯ ފުލުހުން އާންމުކުރި
ވެއްޓުނު ރޭ ޔުމްނުއާއި ރައުދާ ދެމެދު ހަމަނުޖެހުމެއް ހިނގި: ފުލުހުން
ހައްވާ ޔުމްނު ރަޝީދު ގެެއެއްގެ މައްޗަށް ވެއްޓުނު ރޭ ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގޭ ފުރާޅު މައްޗަށް ޔުމުނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ފުލުހުން މިހާތަނަށް ބުނަމުން އަންނަނީ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުން ނެތްކަމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަން ތަހުގީގަށް ޔަގީންވެފައިވާކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އެރޭ އޭނާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލާ ރޭ ހައްޔަރުކޮށް މިއަދު ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. 

ބަަބްދުގެ މަޖިލީހުގައި ފުލުހުން ވަނީ މި މައްސަލާގައި މިހާތަނަށް ހާމަނުކުރާ ވާހަކަތައް ކޯޓުގައި ކިޔާދީފައެވެ. އެގޮތުން ޔުމްނު ވެއްޓުނު ރޭ އޭނާއާއި ރައުދާއި ދެމެދު ހަމަނުޖެހުން ހިނގިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ޔުމްނު ވެއްޓުނުތާ މާ ގިނައިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދާ ސުވާލުކުރުމުން ވީތަނެއް ނޭގަކަމަށް އޭނާ ބުނެ ޔުމްނު ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނިކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޯޓް އަމުރުގައިވާ ގޮތުން ރައުދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގެ ގޮތުގައި ބުނެފައިވަނީ އުސްތަނަކުން ވެއްޓި ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބުންކަމަށެވެ. އަދި ރައުދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ  ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަަށް ފުލުހުން ވަނީ ބުނެފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް